ޗިލީގެ ދެކުނުގެ ސަރަހައްދަށް 7.7 މެގްނަޓިއުޑްގެ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ދީފިއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން މައުލޫމާތުދޭ ގޮތުގައި ބިންހެލުން އައިސްފައިވަނީ 15 ކިލޯމީޓަރު އަޑިންނެވެ.
އަދި ޕެސިފިކް ކަނޑުގައި ސުނާމީ ރާޅުތައް އުފެދިދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
ރާއްޖޭގެ މެޓް އޮފީހުން ބުނީ ޗިލީއަށް އައި ބިންހެލުމާއި ގުޅިގެން ރާއްޖެއަކަށް އެއްވެސް ނުރައްކަލެއް ނެތްކަމަށެވެ.
An Earthquake of magnitude 7.6 has occurred near Southern Chile (Sea) at 1922 local time. There is no threat to Maldives.
— Maldives Meteorology (@MetMaldives) December 25, 2016
ޗިލީއަށް އައި ބިންހެލުމާއި ގުޅިގެން މިހާތަނަށް އެއްވެސް ތަނަކަށް އަދި ބަޔަކަށް ގެއްލުންވި ކަމުގެ މައުލޫމާތެއް ނުލިބެއެވެ. ނަމަވެސް އައްސޭރިފަށުގައި އުޅޭ މީހުން ރައްކާތެރި ސަރަހައްދަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޗިލީގެ ސަރުކާރުން ވަނީ ބުނެފައެވެ.
ޕެސިފިކް ސުނާމީ ސެންޓަރުން ބުނީ ބިންހެލުމާއި ގުޅިގެން 9 ފޫޓް އުސް ރާޅުތައް އުފެދިފައިވާކަމަށެވެ.