Last Updated: June 27, 20:02
Saturday, June 27, 2026
ވިޔަފާރި

އިކޮނޮމިކްގެ އައްޑޫ ގޮފި ރަސްމީކޮށް ހުޅުވައިފި

ފޮޓޯ: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

އިކޮނޮމިކް މިނިސްޓްރީގެ ގޮތްޕެއް އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު ރަސްމީ ގޮތެއްގައި ހުޅުވައި އާންމުންނަށް ޚިދުމަތް ލިބޭނެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މި ގޮފި ހުޅުވައިދިނުމުގެ ގޮތުން އައްޑޫ އަށް ގޮސްފައެވެ. މިރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަމުން މިހާރުވެސް މިގޮފިން އިކޮނޮމިކް މިނިސްޓްރީގެ ގިނަ ޚިދުމަތްތަކެއް ލިބެމުންދާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މައި މަރުކަޒުން ލިބޭ ހުރިހާ ޚިދުމަތެއް އާންމުންނަށް ލިބޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

އަދި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވިޔަފާރި ތަރައްގީކޮށް އާންމުންނަށް ސަރުކާރުގެ ފަރާތުން ލިބިދޭ އެހީތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެކަން ކުރުމަށް މިގޮފީގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރުގެ ވާހަކައިގައި އަލިއަޅުވާލާފައިވެއެވެ.

އަދި މީގެ އިތުރުން އައްޑޫ ސިޓީއަކީ ރާއްޖޭގައި ބާރު ސްޕީޑެއްގައި ތަރައްގީ ވަމުން އަންނަ ސިޓީއަކަށް ވެފައި މި ގޮތްޕަކީ މިސަރަހައްދުގެ ރައްޔިތުންނަށް ގިނަގުނަ މަންފާ ލިބޭނެ ގޮތްޕެއް ކަމަށް ވިދާޅުވެފައިވެއެވެ.

މިއީ އިކޮނޮމިކް މިނިސްޓްރީގެ ގޮތްޕެއް މާލެއިން ބޭރުގައި ހުޅުވުނު ފުރަތަ ފަހަރެވެ. މިގޮފިން އިކޮނޮމިކް ޑިވެލޮޕްމެންޓުގެ އިތުރުން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޓްރާންޕޯޓް އޮތޯރިޓީ އަދި ދެކުނުގެ ބިޒްނަސް ސެންޓަރުގެ ހިދުމަތްތައް ލިބެމުން ދާނެއެވެ.

މިގޮފި ހުޅުވާފައިވަނީ ހިތަދޫ ފެނަކަ ސޭލްސް ސެންޓަރު ކައިރީ ލިންކު ރޯޑުގައެވެ.