Last Updated: July 28, 10:12
Tuesday, July 28, 2026
ސިޔާސީ

އިންތިހާބު ފަސް ކުރުމުން ރައްޔިތުން ފޫހި ނުވާނެ: ރޮޒޭ

ލޯކަލް ކައުންސިލް އިންތިޙާބު ފަސްކުރުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކުރުމަކުން އިންތިހާބާ މެދު ރައްޔިތުން ފޫހި ނުވާނެކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހާކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ތިން އަހަރު ފަހުން ބޭއްވި ނަމަވެސް އިންތިހާބުގައި އެމްޔޫއޯގެ ކެނޑިޑޭޓުން ވާދަކޮށް އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވަނީ އިންތިހާބެއް ބޭއްވުމުގެ ގާބިލްކަން އިލެކްޝަން ކޮމިޝަންގެ މެމްބަރުންގެ ކިނބައިގައި ނެތް ކަމަށްވާނަމަ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.

ގާނޫނު އަސާސީން އިންތިހާބު ބާއްވާނެ ދުވަސް ވަރަށް ސާފްކޮށް ކަނޑައަޅާފައި ވަނިކޮށް ކޯޓުން އިންތިހާބު ފަސްކުރުމަކީ ރައްޔިތުން ވޯޓްލުމުގެ ޙައްގުން މަޙްރޫމްކޮށްލުން ކަން ފާހަގަކުރައްވައި ރޮޒައިނާ ވަނީ އެކަމުގައި އިލެކްޝަންސް ކޮމިޝަން ބައިވެރިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.