Last Updated: July 1, 06:04
Wednesday, July 1, 2026
މުނިފޫހިފިލުވުން

ލަވަކިޔުންތެރިޔާ ޖޯޖް މައިކަލް މަރުވެއްޖެ

ޕޮޕް ލަވަކިޔުންތެރިޔާ ޖޯޖް މައިކަލް އުމުރުން 53 އަހަރުގައި މަރުވެއްޖެ އެވެ.

1980 ގެ އަހަރުތަކުގައި ވެމް! މިއުޒިކް ގްރޫޕްއިން ކެރިއާ ފެށުމަށްފަހު، ސޯލޯ ޕާފޯމަރެއްގެ ގޮތުގައި ކާމިޔާބު ހޯދާފައިވާ މައިކަލް ކްރިސްމަސް ދުވަހު ނިޔާވެފައިވަނީ އޮކްސްފޯޑްޝަޔާގެ ގޮރިންގްގައި ކަމަށް އޭނާގެ ޕަބްލިސިސްޓް ބުނެއެވެ.

ތޭމްސް ވެލީ ޕޮލިސްއިން މައިކަލްގެ މަރުގެ ސަބަބު ހޯދަމުންދާއިރު، އަދި މިހާތަނަށް ޝައްކުކުރެވޭ އެއްވެސް ކަމެއް ފެނިފައިވާ ނުވާކަމަށް ފުލުހުން ބުނެއެވެ.

މައިކަލްއާއިއެކު ވެމް! ގައި މަސައްކަތް ކުރި އެންޑްރިއު ރިޖްލީ އަދި އެލްޓަން ޖޯންވެސް ވަނީ މައިކަލްގެ މަރާއިމެދު ހިތާމަ ފާޅުކޮށްފައެވެ.

މައިކަލް ނިޔާވިކަމުގެ ޚަބަރު އޭނާގެ އާއިލާއިން އިއުލާންކޮށްފައި ވަނީ އޭނާގެ ޕަބްލިސިސްޓް މެދުވެރިކޮށް ނެރުނު ބަޔާނެއް މެދުވެރިކޮށެވެ.

ސައުތު ސެންޓްރަލް އެމްބިއުލާންސް ސާވިސްއަށް ވަނީ ޖީއެމްޓީ ގަޑިން 13:42 ގައި ގުޅާފައެވެ.

ތޭމްސް ވެލީ ޕޮލިސްއިން ބުނީ އެތަނުގެ އޮފިސަރުންވެސް މައިކަލްގެ ޖަނާޒާގައި ބައިވެރިވި ކަމަށާއި އަދި އޭނާގެ މަރު ކަށަވަރު ވެފައިވާ ކަމަށެވެ