Last Updated: June 26, 10:51
Friday, June 26, 2026
ޚަބަރު

ދޫގަސް ވިއްކާލެވިދާނެ: ސިވިލް ކޯޓު

ބޭންކް އޮފް ސިލޯނުން އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ނަގާފައިވާ 2.7 މިލިއަން ޑޮލަރުގެ ލޯނަށް މޯގޭޖް ކޮށްފައިވާ ސ. ގަން ދޫގަސް، ފައިސާ ނުދައްކައިފިނަމަ ކުއްޔަށް ނުވަތަ ވިއްކާލުމުގެ ހައްގު ބޭންކަށް ލިބިގެންވާކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ 2012 ފެބްރުއަރީ 2 ވަނަ ދުވަހު ބޭންކް އޮފް ސިލޯން އާއި އެމްވީކޭ މޯލްޑިވްސް ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ރަހުނު އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ލޯނަށް އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކާކަން ހުށަހެޅިފައިވާ ލިޔުން ތަކުން ސާބިތުވާ ކަމަށެވެ. އެހެންވެ 7 މަސް ދުވަހުގެ ތެރޭގައި އެފައިސާ ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.

ސ. ގަމުގެ ދޫގަސް، ހޮޓަލެއްގެ ގޮތުގައި ހިންގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ނެގުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސިލޯން ބޭންކްގައި ރަހުނު ކުރެވިފައި އޮތުމުން އެތަން ވަނީ ނެގޭ ގޮތް ނުވެފައެވެ.