Last Updated: July 1, 06:04
Wednesday, July 1, 2026
ކުޅިވަރު

ބާސާގެ ކުރީގެ ކެޕްޓަން ޕްޔޯލް ރާއްޖެ އަށް

ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލޯސް ޕްޔޯލް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އޭނާ ރާއްޖެ އައިސްފައިވަނީ ނ. އަތޮޅުގައި ކުރިއަށްދާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗުގެ ޚާއްސަ މެހުމާނެއްގެ ގޮތުގައެވެ.

މިއާއިއެކު ޕްޔޯލް ވެފައިވަނީ ރާއްޖެއިން 2016 ވަނަ އަހަރުގެ ތެރޭގައި ދައުވަތު ދީގެން ގެންނަ ބާސެލޯނާގެ ދެވަނަ ކެޕްޓަނަށެވެ. އެގޮތުން ޖޫން މަހުވެސް ބާސެލޯނާގެ ކުރީގެ ކެޕްޓަނެއް ކަމަށްވާ ޒަވީ ހެނާންޑޭޒްވެސް ވަނީ ރާއްޖެ އައިސްފައެވެ.

ޕްޔޯލް ބާސެލޯނާއިން ވަކިވުމަށްފަހު، ބާސެލޯނާގެ ކެޕްޓަން ބޭންޑާއި ހަވާލުވީ ޒަވީއެވެ.

ޕްޔޯލްއަކީ ބާސެލޯނާގެ މަޝްހޫރު "ޓިކީޓަކާ" ގެ ދުވަސްވަރު އެޓީމުގެ ތަނބެވެ. 2009 ވަނަ އަހަރުގެ ތެރޭގައި ބާސާއިން ހަތަރު ތަށި ކާމިޔާބު ކުރިއރު، ޕްޔޯލް ވަނީ އެޓީމުގެ ޑިފެންސްގައި ވަރަށް މުހިންމު ރޯލެއް އަދާކޮށްފައެވެ.

އަދި ހަމަ އެހެންމެ ޕްޔޯލްއަކީ 2008 ވަމަ އަހަރު ސްޕެއިންއިން ޔޫރޯ ކަޕްއާއި 2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު، އެޓީމުގެ އެންމެ މުހިންމު ޑިފެންސް ކުޅުންތެރިޔާއެވެ.

އެފްއޭއެމްއިން 'މޯލްޑިވްސް ފުޓްބޯލް އެވޯޑް'ގެ ޚާއްސާ މެހެމާނެއްގެ ގޮތުގައި ޕްޔޯލް ގެނައުމަށް ނިންމާފައި ވިނަމަވެސް، އެ އެވޯޑް ނައިޓް ވަނީ އަންނަ ޖެނުއަރީ މަހަށް ލަސްކުރެވިފައެވެ.