މިސްރުގެ ޤާހިރާގައި މިހާރު ކުރިއަށްދާ “12 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސް” ގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފަލަސްތީނުގެ ރައީސް މުހުމޫދް އަައްބާސް އާ ބައްދަލު ކުރައްވައިފި އެވެ.
ރައީސް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އަައްބާސް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެދުން ފޮނުއްވާ ކަމަށެވެ. އެހެން ނަމަވެސް އައްބާސް އާ އެކު ބޭއްވެވި ބައްދަލުވުމުގެ އެއްވެސް ތަފުސީލެއް ދެއްވާފައެއް ނުވެ އެވެ.
ރައީސް ޑރ. ވަހީދު މިއަދު ވަނީ ތުރުކީގެ ރައީސް އަބްދުﷲ ގުލް އާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އަނބިކަނބަލުން އިލްހާމް ޙުސައިން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ސަމިޓު ނިމޭނީ މި މަހުގެ 7 ވަނަ ދުވަހު އެވެ.