Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ސިހުރު ހަދާ ކަމަށް ބުނެ ފޭދޫ ގެއެއް ފާސްކޮށްފި

އައްޑޫ ސިޓީ، ފޭދޫގައި ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މީހަކު ދިރިއުޅޭ ގެއެއް ފުލުހުން ބަލައި ފާސްކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވިގޮތުގައި ، ސިހުރު ހަދާކަމަށް ތުހުމަތުކުރެވި، ބަލާ ފާސްކުރަމުންދަނީ ސ.ފޭދޫ ކިއުޕިޑްގެ ކަމަށެެވެ.

ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ އާލާތްތައް ކިއުޕިޑް ގޭގައި ގެންގުޅޭކަމުގެ ތުހުމަތުގައި އެ ގެ ބަލާ ފާސްކުރަމުން ދަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާއި ގުޅިގެން ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ، ސ.ފޭދޫ ކިއުޕިޑް އުމުރުން 84 އަހަރުގެ އަބްދުﷲ ދީދީ ސިހުރު ހާހޫރަ ހަދަމުން އަންނަ ކަމަށާއި، އަދި ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ އާލާތްތައް އޭނާ ދިރިއުޅޭ ގޭގައި ގެންގުޅޭކަމުގެ ތުހުމަތުގައި އެ ގެ ބަލާ ފާސްކުރާ ކަމަށެވެ.