Last Updated: June 26, 10:52
Friday, June 26, 2026
ސިޔާސީ

"ގައުމު އެއްބައިވަންތަ ވަނީ ކޮޕްޝަނާ ދެކޮޅަށް"

ސުނާމީގެ ހިތާމަވެރި ކާރިސާ އާއި ގުޅިގެން ރާއްޖޭގައި ފާހަގަ ކުރާ ގައުމީ އެއްބައިވަންތަކުމުގެ ދުވަސް މިއަދު އަޅުގަނޑުމެން ފާހަގަ ކުރާއިރު މިއަދު ގައުމު އެއްބައިވަންތަ ވެފައިވަނީ ކަރަޕްޝަނާއި ދެކޮޅައްކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ވިދާޅުވީ މިއަދު ގައުމު އެއްބައިވަންތަވެފައިވަނީ ބޭއިންސާފާއި އަނިޔާވެރިކަމާއި ދެކޮޅަށްކަމަށެވެ. އަދި ދިވެހިންގެ ބިން ވިއްކުމާއި ދެކޮޅަށްކަމަށެވެ.

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް މިއަދު އަޅުގަނޑުމެން ފާހަގަ ކުރާއިރު ދިވެހިންގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ ވަނީ ބަދަލުކޮށްފައެވެ. އަދި ރާއްޖޭގެ ބިންތައް ވިއްކައިގެން ބިލިއަނުން ފައިސާ ނަގައި އެއަށް ހިޔާނާތްތެރިވި މައްސަލައެއް ފެންމަތިވެ، އެމައްސަލަ އަދިވެސް ވަނީ އިންސާފުވެރި ގޮތެއްގައި ތަހްގީގު ނުކުރެވިއެވެ.

ރާއްޖޭގައި ކަރަޕްޝަން އާއްމުވެފައިވާ އިރު ކަމާއި ބެހޭ މުވައްސަސާތަކަށް އެކަންކަން ބެލޭކަމަށް ރައްޔިތުން ގަބޫލެއް ނުކުރެއެވެ.