ފަލަސްތީނުގައި އިޒުރޭލުން ހިފާފައިވާ ބިންތަކުގައި ގޭ އެޅުން ހުއްޓުވުމަށް އ.ދ އަށް ހުށައެޅި ގަރާރާ އެއްކޮޅަށް ވޯޓު ދިން 12 ގައުމަކާއި އިޒުރޭލާ ދެމެދު އޮތް ގުޅުން ވަގުތީ ގޮތުން ކަނޑާލައިފިއެވެ.
މިގަރާރު ބަލައިނުގަންނާނެ ކަމަށް އިޒުރޭލުން އަންގާފައިވާއިރު ވަގުތީ ގޮތުން ގުޅުން ކަނޑާލާފައިވަނީ އިނގިރޭސިވިލާތް، ފްރާންސް، ރަޝިއާ، ޗައިނާ، ޖަޕާން، ޔޫކްރެއިން، އަންގޯލާ، މިސްރު، އުރުގުއޭ، ސްޕެއިން، ސެނެގާލް އަދި ނިއުޒީލޭންޑް، މި 12 ގައުމެވެ.
އިޒުރޭލުގެ ބޮޑުވަޒީރު ނަަތްންޔާހޫ އާއި މިގައުމުތަކުގެ ސަފީރުންނަށް ބައްދަލު ނުކުރެވޭނެ ކަމަށް އިޒުރޭލުން ވަނީ މިހާރު އަންގާފައެވެ. އިޒުރޭލުގެ އެންމެ ގާތް އެކުވެރިޔާ، އެމެރިކާއިން މިގަރާރު ވީޓޯ ކޮށްފައި ނުވުމުން އެގައުމުން ވަނީ އޮބާމާގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.