މިއަހަރު ކުރީކޮޅު އިންޑިޔާއަށް ދިޔަ އެމެރިކާގެ ފަތުރުވެރިޔަކު ރޭޕް ކުރި މައްސަލާގައި ތުހުމަތު ކުރެވޭ ހަތަރު ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް އެގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.
އިންޑިއާ ފުލުހުން ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ ޓުއާ ގައިޑަކާއި އޭނާއާއެކު މަސައްކަތް ކުރި މީހެއްގެ އިތުރުން ޓެކްސީ ޑްރައިވަރަކާއި ހޮޓެލް ސްޓާފެކެވެ.
އެމެރިކާ ފަތުރުވެރިޔާ ވަނީ ފުލުސް އޮފީހަށް މައްސަލަ ހުށައަޅަމުން ހަތަރު މީހަކުވެގެން ހޮޓެލްއެއްގައި އޭނާ މަސްތުކޮށް ޖިންސީ ގޯނާ ކޮށްފައިވާކަމަށެވެ. އަދި އެމީހުންވަނީ އެލާއިންސާނީ އަމަލު ވީޑިއޯވެސް ކޮށްފައި ކަމަށް ފުލުހުންގެ އޮފިޝަލު ވަނީ ބުނެފައެވެ.
މިހާދިސާއަށްފަހު ފަތުރުވެރިޔާ ވަނީ އެނބުރި ގައުމަށް ގޮސްފައެވެ. މައްސަލަ ދިއްލީ ފުލުހަށް ހުށައަޅާފައިވަނީ އީމެއިލް ކޮށްފައިކަމަށް ދިއްލީ ފުލުހުން މައުލޫމާތުދީފައިވެއެވެ. ނަމަވެސް ދިއްލީ ފުލުހުން މައްސަލަ ބެލުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ފަތުރުވެރިޔާ ވަނީ މިމަހު ކުރީކޮޅު ދިއްލީއަށް އެނބުރި ގޮސް މައްސަލަ ފުލުހަށް ހުށައަޅާފައެވެ.
އިންޑިއާގައި މިފަދަ މައްސަލަތައް އިތުރުވަމުންދާއިރު ހުޅަނގުގެ ފަތުރުވެރިން ދަނީ އިންޑިއާއަށް ދަތުރުކުރުމަށް މަދުކޮށްފައެވެ.