Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

އާޖެންޓީނާގެ ކުރީގެ ރައީސާ ހައްޔަރުކޮށްފި

ފޮޓޯ: އޭޕީ

އާޖެންޓީނާގެ ކުރީގެ ރައީސާ ކްރިސްޓީނާ ފާނޭންޑެޒް ޑި ކީޝްނާ ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކުގައި ހައްޔަރު ކުރެވިފައެވެ.

ރައީސް އައްޔަން ކުރައްވާފައިވާ ފެޑެރަލް ޖަޖް ނުވަތަ ފަނޑިޔާރު ވަނީ ފާނޭންޑެޒްއާއި ޚިލާފަށް ކުރެވުނު ކޮރަޕްޝަނުގެ ދައުވާތައް ބަލައިގެންފައެވެ.

ތުހުމަތު ކުރެވޭ ގޮތުގައި އޭނާގެ ސަރުކާރުން ވަނީ އާންމު ކޮންޓްރެކްޓްތައް އޭނާގެ އާއިލާގެ ގާތް ވިޔަފާރިވެރިއަކަށް ހޯދައި ދިނުމަށް މަސައްކަތް ކޮށްފައެވެ.

ފާނޭންޑެޒް ވަނީ މީގެ ކުރިން އެއްވެސް ޣައިރު ޤާނޫނީ ޢަމަލެއް ހިންގާފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި އޭނާއާއި ދެކޮޅަށް ކުރެވެ ތުހުމަތުތަކަކީ ސިޔާސީ ބޭނުންތަކަށްޓަކައި ކުރެވޭ ތުހުމަތުތައް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ފާނޭންޑެޒް ވަނީ މިހާރު ރައީސް މައުރީސިއޯ މަކްރީ އޭނާއާއި ޚިލާފަށް ރޭވުންތައް ރާވާކަމުގެ ތުހުމަތު ކޮށްފައެވެ.

އޮކްޓޯބަރު މަހުގައި ކޯޓަށް ހާޒިރުވުމުގެ ތެރޭގައި ފާނޭންޑެޒް ވަނީ ޤައުމީ ބަޖެޓުގެ ޑޮކިއުމެންޓްތައް ހެއްކެއްގެ ގޮތުގައި ހުށައަޅާފައެވެ. އޭނާ ބުނި ގޮތުން ހުރިހާ ހިސާބުތަކެއް ވަނީ މަޖިލީހުންނާއި ޤައުމުގެ އޮޑިޓާ ޖެނެރަލްވެސް ބަލައި ފާސްކޮށްފައެވެ.