Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

"ފަލަކް އައްޑޫ ހައި ސްކޫލް ސްޕޯޓްސް ފެސްޓިވަލް 2013" ފަށައިފި

"ފަލަކް އައްޑޫ ހައި ސްކޫލް ސްޕޯޓްސް ފެސްޓިވަލް 2013" ފަށައިފި އެވެ.

މިއަދު 2:45 ގައި ފޭދޫ ދޮންދީނާ މޮނިއުމެންޓް ކައިރިން މި އިވެންޓް ފައްޓަވައި ދެއްވީ ފޭދޫ ރިޔެތި ފިހާރަ ހިންގެވުމާއި ހަވާލުވެ ހުންނެވި ބޭފުޅެއް ކަމަށް އައްޑޫ ލައިވަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.falaaak

މި އިވެންޓްގެ ހަރަކާތްތައް ފެށުމުގެ ކުރިން ހައި ސްކޫލްގެ ލީޑަރުން ވަނީ ދަންމަރެއް ހިފައިގެން ގުޅިފައިވާ ރަށްތަކުގައި ދުވެފަ އެވެ. އިވެންޓްގެ ހަރަކާތްތައް ފެށުމަށްޓަކައި ބޭއްވުނު ހަފްލާގައި އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އަދި ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

ސްޕޯޓްސް ފެސްޓިވަލްގެ ހަރަކާތްތައް ފެށިފައި ވަނީ ހުރިހާ ބައިވެރިންގެ މެދުގައި ވެވުނު އިގުރާރަކުންނެވެ.

ފަލަކް އައްޑޫ ހައި ސްކޫލް ސްޕޯޓްސް ފެސްޓިވަލްގެ މެއިން ސްޕޮންސާ އަކީ ފަލަކް ސްޓޯސް އެވެ. އަދި މީގެ އިތުރުން މޯރަލް ބުކްޝޮޕް، ރިޔެތި ފިހާރަ އަދި އައްޑޫ އޮންލައިން އިން ވަނީ މި އިވެންޓް ސްޕޮންސާ ކޮށްފަ އެވެ.

ފެސްޓިވަލް އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.