އައްޑޫ ތަރައްޤީކުރެވޭނީ އައްޑޫ ސިޓީ ތަރައްޤީކޮށްދޭން މަސައްކަތްކުރާ ކޮންމެ ސަރުކާރަކާއި އެކުގައި މަސައްކަތްކޮށްގެން ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު، އައްޑޫ ސިޓީގެ ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުުމަށް އީކްއޭޓަރ ވިލެޖުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ ތަރައްޤީކޮށްދޭން މަސައްކަތްކުރާ ކޮންމެ ސަރުކާރަކާއި އެކުގައި އައްޑޫ ސިޓީގެ އެންމެން އަދި ހުރިހައި ކައުންސިލްތަކާއި މުއައްސަސާތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"މިއީ އެންމެ ރަނގަޅު ގޮތެއް ނޫން. މިސަރުކާރު އޮތީ އައްޑޫ ރައްޔިތުންނަށް ކަންކަން ކޮށްދޭން ތައްޔާރަށް. އެ ފުރުޞަތުގެ ބޭނުން އަޅުގަނޑުމެން ހިފަންވީ.، ހިފައިގެން ކުރިއަށް ދާންވީ. އެއްވެސް މީހަކީ އައްޑޫ ސިޓީގެ ތަރައްޤީއަށް ހުރަސް އަޅާމިހަކަށް ނުވާންވީ. އެއިރުން އައްޑޫ ސިޓީ ތަރައްޤީ ކުރެވޭނީ." ޝާހިދު ވިދާޅުވިއެެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ ރައީސް ޔާމީނުގެ ސަރުކާރުން އައްޑޫ ސިޓީގެ ހުރިހައި ރަށްތަކެއް ހިމެނޭ ގޮތުން ތަރައްޤީކުރައްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވައިފައެވެ.