Last Updated: July 27, 18:03
Tuesday, July 28, 2026
ސިޔާސީ

ޝާޑުގެ ބަހުގެ ހަމަލާތަކެއް ނުސީދާކޮށް ކައުންސިލަށް

އައްޑޫ ސިޓީގެ ތަރައްޤީއަށް އެއްވެސް ކަމެއް ނުކުރަން ނިންމައިގެން ތިބި ބައަކު އައްޑޫ ސިޓީގެ އިސް މަޤާމުތަކުގައި އެބަ ތިބި ކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އައްޑޫ ސިޓީ ކައުންސިލަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވެއްޖެއެވެ.

އައްޑޫގެ ވިޔަފާރިވެރިންނާއި ބައްދަލުކުރުމަށް އީކުއޭޓަރ ވިލެޖްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވި ގޮތުގައި އައްޑޫގެ ތަރައްޤީއަށް އެއްވެސް ކަމެއް ނުކުރަން ނިންމައިގެން ތިބި ބައަކު އައްޑޫ ސިޓީގެ އިސް މަޤާމުތަކުގައި އެބަ ތިބުމުގެ އައްޑޫގެ ސިޓީގެ ފައިދާއަށް އަދި ތަރައްޤީއަށް އެޅެނީ ހުރަސް ކަމަށެވެ.

ސަރުކާރުން އައްޑޫގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރައްވަން ނިންމަވާފައިވާ ކަމުގެ ޔަޤީންކަން ޝާހިދު ވަނީ ރޭގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް ދެއްވާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ތަރައްޤީއަށް ހުރަސް އަޅާކަމަށް ބުނެ ޕީޕީއެމް ސަރުކާރުގެ އިސްވެރިން ވާހަކަ ދެއްކެވި ނަމަވެސް އެފަދަ ތުހުމަތުތައް ކައުންސިލުން ދޮގު ކުރެއެވެ. ކައުންސިލުން ބުނާ ގޮތުގައި، ކައުންސިލްގެ ޒިންމާ އަދާކުރުމަށް ސަރުކާރުން ގެންދަނީ ހުރަސް އަޅަމުންނެވެ.