Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ކްލިއަ ނުކޮށް ހުރި ވެހިކަލްތަކެއް ނީލަމަށް

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ބަނދަރުގައި ހުރި ގިނަ އަދަދެއްގެ ކާރުތަކެއް ވިއްކާލުމަށް ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން ތައްްޔާރު ވެއްޖެ އެވެ.

ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހު އެޗްޕީއެލް އިން ކޮށްފައިވާ އިއުލާންގައި ވަނީ، ބަނދަރުން ކްލިއަރ ނުކޮށް ހުރި ވެހިކަލްތައް 7 ދުވަހުގެ ތެރޭގައި ކްލިއަރ ކުރެއްވުމަށް މުދަލުގެ ވެރިފަރާތްތަކަށް އަންގާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ނުގެންދާ ވެހިކަލްތައް ނީލަމުގައި ވިއްކާ ލެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަނދަރުން ކްލިއަރ ނުކޮށް ގިނަ ދުވަސްވެފައިވެގެން އެޗްޕީއެލް އިން ނީލަން ކިޔުމަށް ތައްޔާރުވެފައިވަނީ ޖުމްލަ 67 ވެހިކަލެކެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ކާރާއި ސައިކަލެއްގެ އިތުރުން އެހެން ވެހިކަލެކެވެ.