އެފްސީ ޒެފިއާ އަންޑަ-15 ފުޓްބޯލް ފެސްޓްގެ ގުރުލުން މިރޭ ބާއްވަން ޒެފިއާ އިން ހަމަޖައްސައިފިއެވެ.
އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި މިއަދާއި ހަމައަށް 16 އަހަރު ނުފުރޭ ކޮންމެ ކުއްޖަކަށް ބައިވެރިވެވޭނެއެވެ.
މުބާރާތުގެ ގުރުލުން މިރޭ 9:00 ގައި ހިތަދޫ އީދިގަލި ދަނޑުގައި ކުރިއަށްދާނެ ކަމަށް އެފްސީ ޒެފިއާ އިން މައުލޫމާތު ދީފައިވެއެވެ.
ނިމިގެންދިޔަ އެފްސީ ޒެފިއާ ފުޓްސަލް ކަޕް 2016 އެކޭ އެއްފަދައިން މިމުބާރާތް ބެލުމަށްވެސް ވީހާވެސް ގިނަ ސަޕޯޓަރުން އީދިގަލި ދަނޑަށް ވަދެ އަޅުގަނޑުމެންގެ މުސްތަގުބަލުގެ ތަރިންނަށް ހިތްވަރު ދިނުމަށް އައުމަކީ އެފްސީ ޒެފިއާގެ ވަރަށް ބޮޑު އެދުމެކެވެ.