Last Updated: June 27, 20:02
Saturday, June 27, 2026
ވިޔަފާރި

ޓްރެވެލް އޭޖެންސީތަކަށް ޓެކްސް ދައްކަން އަންގައިފި

މީރާ: މުދަލުގެ ޒަކާތް މިހާރު ދައްކަން ޖެހެނީ މީރާއަށް

ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް މަސައްކަތްކުރާ ބޭރުގެ އޮންލައިން ޓްރެވެލް އޭޖެންސީތަކަށް ވިތްހޯލްޑިން ޓެކްސް ދެއްކުމަށް މީރާއިން އަންގައިފިއެވެ.

މީރާ އިން ނެރުނު ސާކިއުލާއެއްގައި ވަނީ ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ދައްކާ ނުވަތަ ދައްކަން ޖެހޭ ކޮމިޝަނުގެ %10 ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މިގޮތަށް ނިންމުމުން ބުކިން ހަދާ ފަރާތާއި އޭޖެންސީއާ ދެމެދު ކޮންމެ އެގްރީމެންޓެއް ވެފައި އޮތަސް އޭޖެންސީއިން މީރާއަށް ވިތްހޯލްޑިން ޓެކްސް ދައްކަން ޖެހޭނެއެވެ.

ވިތްހޯލްޑިން ޓެކްސްއަކީ ރާއްޖެއިން ބޭރުގެ ފަރާތްތައް ރާއްޖޭގައި ކުރާ މަސައްކަތުން ލިބޭ ފައިދާއިން ނެގޭ ޓެކުހެކެވެ. މިޓެކްސްގެ ސަބަބުން ރާއްޖޭގެ ރިސޯޓުތަކާއި ގުޅިގެން ފަތުރުވެރިން ހޯދާ ހުރިހާ ބޭރުގެ ޓްރެވެލް އޭޖެންސީތަކުން ޓެކްސް ދައްކަން ޖެހޭނެއެވެ. ނަމަވެސް މީރާ އިން ވަނީ މިޓެކްސް އޮންލައިންކޮށް ދެއްކޭނެ މަގުފަހިކޮށްދީފައެވެ.