އާޖެންޓީނާގެ ތަރި ކާލޮސް ޓެވޭޒް ހަފްތާއަކު 615،000 ޕައުންޑަށް ޗައިނާގެ ޝަންގާއީ ޝެނުއާއަށް ސޮއިކޮށްފިއެވެ.
އޭނާގެ ކުރީގެ ކުލަބު، ބްރެޒިލްގެ ބޯކާ ޖޫނިއާސްއަށް އެނބުރި ގޮސް، 18 މަސްވެސް ނުވަނީސް ޓެވޭޒްވަނީ ޗައިނާ ލީގަށް ބަދަލުވެފައެވެ.
ޑެމްބަ ބާ، މާޓިންސް އަދި ކޯޗަކަށް ގަސް ޕޮޔެޓްއާއެކު ޓެވޭޒްވެސް ޗައިނާގެ ޝަންގްހާއީ ޝެނުއާއަށް ބަދަލުވެފައިވާއިރު ޓެވޭޒްއަކީ މިހާރު ދުނިޔޭގައި އެންމެ ގިނަ ލާރި ލިބޭ ފުޓުބޯޅަ ކުޅުންތެރިޔާއެވެ.
އޭނާގެ ކޮންޓްރެކްޓުގައި ވާގޮތުން އެމުއްދަތުގައި 63 މިލިއަނަށްވުރެ ގިނަ ޕައުންޑު ލިބޭނެއެވެ. އަހަރަކު 1.9 މިލިއަން ޕައުންޑު، ހަފްތާއަކު 615،000 ޕައުންޑު އޭނާއަށް ލިބޭނެއެވެ.
މިކޮންޓްރެކްޓާއެކު އޭނާ 8 ގަޑިއިރު ނިދައިފިނަމަ ހޭލާއިރު 29،285 ޕައުންޑު އިތުރަށް މުއްސަނދިވެފައި ހުންނާނެއެވެ.
ޔޫރަޕުގެ ކޯޗުން އަންނަނީ ޗައިނާ އިން ފުޓުބޯޅަ ހަލާކު ކުރަމުންދާކަމަށް ބުނެ ވަރަށް ބޮޑަށް މިފަދަ ބޮޑެތި ކޮންޓްރެކްޓުތަކަށް ފާޑު ކިޔާފައެވެ. ޗެލްސީ އަދި ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ އޮސްކާވެސް ވަނީ ޗައިނާގެ ކުލަބަކަށް ކުރިއަށް އޮތް ޖެނުއަރީގައި ދިއުމަށް އެއްބަސްވެފައެވެ.