ޕޮޕް ލަވަކިޔުންތެރިޔާ އެވްރިލް ލެވީން ލަވަކިޔުމުގެ ދާއިރާއާއި ދުރަށް ޖެހިލިތާ މިހާރު އަހަރުތަކެއް ވެދާނެއެވެ.
އެވްރިލް ލަވަކިޔުމާއި ދުރަށް ޖެހިލީ އޭނާގެ ސިއްޙަތަށް ސަމާލުކަން ދިނުމުގެ ގޮތުންނެވެ. ލައިމް ބައްޔާއި ހަނގުރާމަ ކުރަމުން އަންނަ އެވްރިލް ލެވީން ދާދިފަހުން އިންސްޓަގްރާމްގައި ލިޔުނު ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ އެބައްޔާއި ކުރި ހަނގުރާމައަކީ ވަރަށް އުނދަގޫ ހަނގުރާމައެއް ކަމަށާއި، އެހެންނަމަވެސް އެއީ ވަރަށް ފައިދާވެސް ކުރި ކަމެއް ކަމަށެވެ. އަދި އެކަން އޭނާގެ އާމިއުޒިކާއި، އާދިރިއުޅުމުގައި ފެންނާނެ ކަމަށެވެ.
ސިއްޙަތަށް ސަމާލުކަން ދިނުމަށްޓަކައި މިއުޒިކީ ދާއިރާއިން ބްރޭކެއް ނެގުމަށްފަހު، އެވްރިލް ވަނީ އޭނާގެ އާމިއުޒިކް ރިލީޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިންސްޓާގްރާމްގައި ކުރި ޕޯސްޓްގައި ހާމަކޮށްފައެވެ. ކެނެޑާއަށް އުފަން އެވްރިލް ބުނިގޮތުގައި އޭނާގެ އާއަލްބަމް އާންމުންނާއި ހަމައަށް އަންނާނީ 2017 ވަނަ އަހަރުއެވެ. އެއީ 2013 ވަނަ އަހަރު އޭނާގެ އަމިއްލަ ނަމުގައި ނެރުނު އަލްބަމަށް ފަހު ނެރޭ އެންމެ ފުރަތަމަ އަލްބަމެވެ.
ދާދިފަހުން ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާގްގެ ބުލީކުރުމުން ކުރީގެ ނިކެލްބެކްގެ ލަވަކިޔުންތެރިޔާ އަދި އެވްރިލްގެ ކުރީގެ ފިރިމީހާ ޗެޑް ކްރޯގާ ދިފާޢު ކުރުމުގެ ސަބަބުން އެވްރިލް ވަނީ ނޫސްތަކުގެ ހެޑްލައިނަށް އަރާފައެވެ.ޕޮޕޮ