Last Updated: July 27, 18:03
Tuesday, July 28, 2026
ސިޔާސީ

މެންބަރުން އިތުރު ކުރަން ޖޭޕީ އައްޑު އަށް

ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއް 2013 ވަނަ އަހަރު އައްޑޫއަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން. އައްޑޫލައިވް ފައިލް ފޮޓޯ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މެންބަރުން އިތުރުކުރުމަށް އައްޑޫ ސިޓީއަށް ޒިޔާރަތްކުރުމަށް ނިންމާފައިވާ ކަމަށް އެޕާޓީ އިން ބުނެފިއެވެ.

ޖޭޕީގެ ރަޖިސްޓްރާ އަހްމަދު ސައުދު ވިދާޅުވި ގޮތުގައި އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ރާވަމުންދާ ދަތުރުގައި އައްޑުއަށްވެސް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވީޓީވީގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވި ގޮތުގައި އައްޑޫ އަކީ ޖޭޕީއަށް ވަރަށް ތާޢީދު އޮންނަ ސިޓީއެއް ކަމަށާއި އައްޑޫ އަށް ކުރާ ދަތުރުގައި އެ ޕާޓީއަށް ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޖުމްހޫރީ ޕާޓީ އިން ބުނާ ގޮތުގައި އެ ޕާޓީގެ މިހާރުގެ އަމާޒަކީ 2017 ވަނަ އަހަރު ނިމުމުގެ ކުރިން ޕާޓީގެ އާންމު މެންބަރުންގެ އަދަދު 35000 އަށް އިތުރު ކުރުން ކަމަށެވެ.

އައްޑޫގައި ޖުމްހޫރީ ޕާޓީގެ އޮފީސްތަކެއް ޤާއިމްކޮށްފައި ވިޔަސް އެއިން އެއްވެސް ގޮތްޕެއް މިހާރު ނުހުޅުވައެވެ.