ގއ. ވިލިނގިލިން ބަލި މީހަކު ގޮވައިގެން އައި އެމްއެންޑީއެފްގެ ހެލިކެޕްޓަރުގެ ފިޔަގަޑުގައި މަތިންދާ ބޯޓަށް އަރާ ސިޑިއަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ރޭ ނަން ބަދަލުކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހިނގި މި ހާދިސާގައި އަނިޔާވި ދެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު ލިބުނު ގެއްްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ. އަނިޔާވި މީހުންގެ ތެރެއިން އެކަކީ މަތިންދާ ބޯޓަށް އަރާ ސިޑި ހިފައިގެން ދިޔަ ވެހިކަލް ދުއްވަން އިން މީހާ ކަމަށް މައުލޫމާތު ލިބިއެވެ.
މިހާދިސާ އާއި ގުޅިގެން ހެލިކޮޕްޓަރގެ ފިޔަ ގަޑަށާއި، ސިޑިއަށް ވަނީ ގެއްލުން ވެފައެވެ.
މިހާދިސާ އެމްއެންޑީއެފްއިން މިހާރު ވަނީ ތަހްގީގު ކުރަން ފަށާފައެވެ.