Last Updated: July 1, 04:05
Wednesday, July 1, 2026
ޚަބަރު

ތުރުކީގެ ހަމަލާގައި އިންޑިއާގެ ދެ މީހަކު މަރުވެއްޖެ

ފޮޓޯ؛ ރޮއިޓާސް

ތުރުކީގެ ވެރިރަށް އިސްތާންބުލްގައި ހިނގި ޓެރަރިސްޓް ހަމަލާއެއްގައި އިންޑިއާގެ ދެރައްޔިތުން މަރުވެއްޖެ ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ވިދާޅުވެއްޖެއެވެ.

އެކަމަނާ އެހެން ވިދާޅުވެފައިވަނީ ޓްވިޓާގައި ކުރެއްވި ޕޯސްޓަކުންނެވެ.

އެހެން ޓްވީޓެއްގައި ސުޝްމާ ސްވަރާޖް ވިދާޅުވެފައިވަނީ މަރުވި މީހުންނަކީ ކުރީގެ ރާޖްޔަ ސަބާގެ މަޖިލިސް މެމްބަރުގެ ދަރިފުޅު އަބިސް ރިޒްވީއާއި ގުޖްރާތުގެ ޚުޝީ ޝާހް ކަމަށެވެ.

އާދިއްތަ ދުވަހު ހިނގި މިހަމަލާގައި 39 މީހުން ޒަޚަމްވެފައި ވެއެވެ. މިހާދިސާ ހިނގާފައިވަނީ ތުރުކީގެ ނައިޓްކްލަބެއްގައި އާއަހަރު ފާހަގަ ކުރަމުންދިޔަ މީހުންނަށް ޢަމާޒުކޮށް، ބަޑި ހިފައިގެން އައި މީހަކު އެމީހުންގެ ގަޔަށް ބަޑި ޖެހުމުންނެވެ.

ރިޕޯޓް ކުރެވޭ ގޮތުގައި އާއަހަރު ފާހަގަ ކުރުމަށް އެތަނުގައި ޖުމްލަ 700 މީހުން ތިބިއެވެ.

އެހަމަލާގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.