Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

ޒެފިއާ އަންޑަ-15 ފުޓްބޯލް ފެސްޓް މިއަދު ފަށަނީ

އެފްސީ ޒެފިއާއިން އައްޑޫ ސިޓީގެ 15 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް ވިއްސާރަ ވުމާއި ގުޅިގެން ފަސްކުރުމަށްފަހު މިއަދު މުބާރާތް ފެށުމަށް ހަމަޖައްސައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ފެށުމަށް ކުރިން ނިންމާފައިވިނަމަވެސް އައްޑޫ ސިޓީއަށް ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން ދަނޑުގައި ކުޅުން ބޭއްވޭވަރަށްވުރެ ދަނޑުގެ ހާލަތު ގޯސްވެފައިވުމުގެ ސަބަބުން މުބާރާތް ފެށުން ފަސްކޮށްފައިވާ ކަމަށް ޒެފިއާއިން މައުލޫމާތު ދީފައިވެއެވެ.

މޫސުން ރަނގަޅުވެ ދަނޑު މުބާރާތް ބޭއްވޭ ވަރަށް ރަނގަޅުވެފައިވާތީ މިއަދު މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެފްސީ ޒެފިއާ އިން މައުލޫމާތު ދީފައިވެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެފްސީ ސްކޫޕް ކަންމަތި އަދި އެފްސީ އުސްގަނޑައެވެ. މެޗު ފެށޭނީ މިއަދު 4:30 ގައެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތާއެކު މިއަދު ކުޅޭނީ މިމެޗު އެކަންޏެވެ.