ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗެއްގެ ގޮތުގައި އަންނަ ސީޒަނުގައި ވެސް މަސައްކަތް ކުރަން މުހައްމަދު ނިޒާމް (ނިޒަމްބެ) ނިންމައިފިއެވެ.
ޓީސީ ސްޕޯޓްސް ކްލަބުން ބުނީ ނިޒަމްބެ ޓީމާއި އެކު މަޑުކުރުމަކީ އެޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓަށް ލިބުނު ވަރަށް ބޮޑު ހިތް ހަމަޖެހުމެއް ކަމަށެވެ.
ފާއިތުވި ތިން އަހަރު ޓީސީއަށް ކޯޗުކޮށްދިން ނިޒަމްބެ ވަނީ މި ސީޒަނުގައި ޓީސީއަށް ބޮޑު ކާމީޔާބީތަކެއް ހޯދާދީފައެވެ.
އެގޮތުން މި ސީޒަނުގައި ޓީސީން ވަނީ ލީގުގެ ދެ ވަނަ ހޯދުމުގެ އިތުރުން އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅެފަ އެވެ.
ނިޒަމްބެ ޓީސީ އާއި އެކު މަޑުކުރާއިރު، އެޓީމްގެ މެދުތެރެ ބަލަހައްޓަމުން އައި އިތުބާރު މިޑްފީލްޑަރ ޝަމްވީލް ގާސިމް (ބޮންޑާ)ވެސް ވަނީ އަންނަ ސީޒަނުގައި ޓީސީގައި މަޑު ކުރަން ނިންމާފައެވެ.