އާ އަހަރު ފާހަގަކުރަމުން ދަނިކޮށް ތުރުކީގެ ނައިޓް ކްލަބަކަށް ހަތިޔާރުއެޅި ބަޔަކު ވަދެ ދިން ހަމަލާގެ ޒިއްމާ އައިއެސްއައިއެސްއިން ނަގައިފިއެވެ.
އައިއެސްއައިއެސްއިން ޓްވިޓާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާ އަހަރު ފާހަގަކުރުމުން ދަނިކޮށް ނައިޓް ކްލަބްއަށް ވަދެ ހަމަލާ ދިނީ އެޖަމާއަތުގެ ހިތްވަރުގަދަ ފަހުލަވާނުން ކަމަށެވެ.
ބަޑީގެ އެހަމަލާގައި 39 މީހަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި އިންޑިޔާގެ ދެމީހަކު ހިމެނޭކަމަށް އެގައުމުގެ ރަސްމީ އިދާރާތަކުން ވަނީ ބުނެފައެވެ. ތުރުކީގެ ރަސްމީ ހަބަރު ފަތުރާ ވަސީލަތްތަކުން ހަބަރުދޭ ގޮތުގައި މި ހާދިސާގައި މަރުވި މިހުންގެ ތެރޭގައި އެގައުމުގެ 11 މީހަކު ހިމެނޭއިރު އަނެއް 27 މީހުންނަކީ އެހެން ގައުމުތަކުގެ މީހުންނެވެ.
މިހާދިސާ އާއި ގުޅިގެން ތުރުކީ ސިފައިން 8 މީހަކު ހައްޔަރުކޮށްފައިވާއިރު ބަޑިން ހަމަލާދިން އިސްމީހާ އަތުލައިގެންފައި ނުވެއެވެ.
އައިއެސްއެސްއިން ބުނީ ހަމަލާ ދިނީ ތުރުކީގައި ތިބެ ސީރިއާއަށް ދެމުންދާ ހަމަލާގެ ބަދަލުގައި ކަމަށެވެ.