އެޓޮލް ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބާއްވަން ނިންމައި، އެކަމާއި ގުޅޭ މަޝްވަރާ އައްޑޫ ސިޓީ ކައުންސިލާއި އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮށްފިއެވެ.

ޖޫނިއާ ޗެމްޕިއަންޝިޕް މުބާރާތް އައްނަ މާޗްމަހު ބޭއްވުމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ނިންމާފައިވަނީ އަންނަ މާޗްމަހުގެ ތެރޭގައެވެ. މި މުބާރާތުގައި އައްޑޫ އަދި ފުވައްމުލަކާއި ހުވަދޫގެ ސްކޫލްތަކުން ވާދަ ކުރާނެއެވެ.

އައްޑޫގައި ބާއްވާފައިވާ އެތްލެޓިކްސް މުބާރާތްތަކަކީ ވަރަށް ކާމިޔާބް މުބާރާތްތަކެވެ. ހާއްސަކޮށް މި މުބާރާތަށް އައްޑޫ ކައުންސިލުން ވަނީ ވަރަށް ފުރިހަމަ އެއްބާރުލުމެއް ދީފައެވެ.
އެތްލެޓިކްސް އެސޯސިއޭޝަންގެ އިސް ބޭފުޅުން ހިމެނޭ ޓީމުންވަނީ އައްޑޫ ސްޓޭޑިއަމްގައި މުބާރާތް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން ބަލަންޖެހެ ބެލުންތައް ބަލާފައެވެ. މި މުބާރާތަށް ތައްޔާރުވުމަށް ކޮންމެ ސްކޫލަކަށްވެސް 2 މަހެއްހާ ދުވަސް ލިބިގެންދާނެއެވެ.