ޒެފިއާ އަންޑަ 15 ފުޓްބޯލް ފެސްޓުގައި މިއަދުގެ މެޗު އެފްސީ ރެސްޕެކްޓާއި އެފްސީ އެކްސް ނިއު ޖެނެރޭޝަން ބައްދަލުކޮށް ނިއު ޖެނެރޭޝަން 2-8 އިން މެޗު ކާމިޔާބުކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައިި ނިއު ޖެނެރޭޝަންއިން ވަނީ ފުރަތަމަ ހާފުގައިވެސް ހަތަރު ލަނޑު ޖަހާފައެވެ. ދެވަނަ ހާފުގައި ރެސްޕެކްޓުން ދެ ގޯލު ޖަހާފައިވާއިރު ނިއު ޖެނެރޭޝަންގެ ފަރާތުން އިތުރު ހަތަރު ލަނޑު މިހާފުގައި ފެނިގެން ގޮސްފައިވެއެވެ.
ލަނޑުތައް ކާމިޔާބުކޮށްފައިވަނީ ނިއު ޖެނެރޭޝަންގެ އީމާން ނިޒާރު، އަހުމަދު ހާމީ ނަޖާހުގެ އިތުރުން ޝާޝް ޝަރީފެވެ. މެޗުގައި އީމާން ނިޒާރުގެ ފަރާތުން ހަތަރު ލަނޑު ފެނިފައިވާއިރު ޝާޝް އަދި ހާމީ ވަނީ ކޮންމެ ކުޅުންތެރިޔަކަށްވެސް ދެލަނޑު ޖަހާފައެވެ.
މުބާރާތުގައި އިއްޔެ ކުޅުނު މެޗު 1-4 އިން އެފްސީ އުސްގަނޑަ ވަނީ އެފްސީ ސްކޫޕް ކަންމަތި މައްޗަށް ކުރި ހޯދާފައެވެ.