ކުޑަކުއްޖަކާ ޖިންސީއަމަލެއްކަށްޖިންސީގޯނާކުރި ހިންގި ބިދޭސީއަކު 10 އަހަރަށް ޖަލަށްލުމަށް ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
އުމުރުން 9 އަހަރުގެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިނގުމުގެ ކުށް ސާބިތުވުމާ ގުޅިގެން ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު ކެރޮން ޙޮސައިންގެ މައްޗަށެވެ.
ދައުލަތުން މުޙައްމަދު ކެރޮޮން ޙޮސައިންގެ މައްޗަށް ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، މުޙައްމަދު ކެރޮން ޙޮސައިންް 2016 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ދުވަހެއްގައި ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގާފައިވާ މައްސަލައާއި ގުޅިގެންނެވެ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމްގައި ބުނެފައިވާ ގޮތުން، މިމައްސަލައިގައި ދަޢުވާލިބޭ މުޙައްމަދު ކެރޮޮން ޙޮސައިން ތަހުޤީޤު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އިންކާރުކޮށްފައެވެ. އެހެން ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށެވެ.