Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

މޮޅު ކޯޗުގެ އެވޯޑް ލިބޭނެކަމަށް އުއްމީދު ނުކުރަން: ޒިދާން

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ލިބޭނެކަމަށް އުއްމީދު ނުކުރާކަމަށް ރިއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މިމަހުގެ 9 ވަނަ ދުވަހު އޮންނަ ފީފާ ގާލާ ނައިޓްގައި ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗަށް ވާދަކުރަނީ ޒިދާންގެ އިތުރުން ލެސްޓާރ ސިޓީގެ ކޯޗް ކްލޯޑިއޯ ރަނިއޭރީ އަދި ޕޯޗުގަލްގެ ކޯޗް ފެރްނާންޑޯ ސަންޓޯސްއެވެ.

2016 ވަނަ އަހަރު ޒިދާން ވަނީ ޗެމްޕިއަންސް ލީގާއި ޔޫއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕްވެސް ރެއާލް މެޑްރިޑަށް ހޯދައިދީފައެވެ.

ބައިނަލްއަޤްވާމީ ކުޅިވަރު ނޫސްތަކާއި ވާހަކަދައްކަމުން ޒިދާން ބުނީ ފީފާ އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ލިބޭނެކަމަށް އުއްމީދު ނުކުރާކަމަށާއި އެވޯޑް ނުލިބުނަސް މާޔޫސް ނުވާނެކަމަށެވެ. އެ އެވޯޑަށް ވާދަކުރާ އަނެއް ދެ ކޯޗުންނަކީ ހުރިހާ ގޮތަކުން ބެލިޔަސް މާ ތަޖުރިބާހުރި ފާހަގަކޮށްލެވޭ ދެ ކޯޗުންކަމަށް ޒިދާން ވަނީ ބުނެފައެވެ.

"ކޯޗިންގ ކެރިއަރުގެ ފުރަތަމަ އަހަރަށް ފަހު ވިސްނުންހުރީ އެވޯޑް ހޯދަން ނޫން. ބޭނުންވަނީ އަބަދުވެސް އިތުރަށް މަސައްކަތްކޮށްގެން ކުރިއަށްދާން"