Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ގަވައިދާ ހިލާފަށް ވަޒީފާ ދިން މައްސަލައެއް ފެންމަތިވެއްޖެ

ގަވާއިދާއި ހިލާފަށް ހައުސިން މިނިސްޓްރީއިން އިއުލާން ނުކޮށް އަދި އިންޓަވިއު ކުރުމެއް ވެސް ނެތި ވަޒީފާއަކަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ނަގާފައިވާކަން ފަޅާއަރައިފިއެވެ.

2014 ވަނަ އަހަރުގެ ހައުސިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުން ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ މުވައްޒަފަށް ވަޒީފާ ހަމަޖެއްސިކަމުގެ ލިއުން ތައްޔާރުކޮށްފައިވީ ނަމަވެސް މުވައްޒަފު ވަޒީފާއާއި ހަވާލުވިކަމުގެ ސޮއިކޮށްފައެއް ނުވެއެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުން ނޮވެމްބަރު މަހާއި ހަމައަށް އެމުވައްޒަފު އޮފީހަށް ހާޒިރުވެފައިވާ ދުވަސްތަކަށް 52573 ރުފިޔާ އެމުވައްޒަފަށް މުސާރައިގެ ގޮތުގައި ދީފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީ އިން މުވައްޒަފަކަށް ސިވިލް ސާވިސް ޤަވާއިދާއި ޚިލާފަށް ވަޒީފާ ދީފައިވާ މައްސަލަ ފެންމަތިވި ނަމަވެސް އެކަމާއި ބެހޭގޮތުން ސިވިލް ސާވިސް ކޮމިޝަނުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.