ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ދިމާވާ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަޤުޞަދުގައި ދެ ފަންޑް ފޮށްޓެއް ޕޮލިސް ފެމެލީ އެސޯސިއޭޝަނުން ބަހައްޓައިފި އެވެ.
އިއްޔެ އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ފަންޑް ފޮށިތައް އިފްތިތާޙްކޮށް ދެއްވާފައި ވަނީ ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒެވެ.
ފަންޑް ފޮށި ބެހެއްޓުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ފެމިލީ އެސޯސިއޭޝަންގެ ޗެއަޕާސަން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި އާއި މޯލްޑިވްސް ޕޮލިސް ސަވިސްގެ ކޮމިޝަންޑް އޮފިސަރުން ބައިވެރިވެފައިވެ އެވެ.
ދެ ފަންޑް ފޮށީގެ ތެރެއިން އެއް ފޮށި އިސްކަންދަރު ކޮށީގައި ބަހައްޓާފައިވާ އިރު އަނެއް ފޮށި ބަހައްޓާފައި ވަނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގަ އެވެ.