Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ހިތަދޫ ބޮޑުމަގުގައި އެކްސިޑެންޓެއް ހިނގައިފި

ހިތަދޫ ބޮޑުމަގުގައި މިއަދު އެކްސިޑެންޓް ހިނގި ސަރަޙައްދު. ފޮޓޯ: އިޔާދް އިބްރާހިމް

ހިތަދޫ ބޮޑުމަގުން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ބޮޑު މަގުން ނައީމީ ސްޓޯރު ކުރިމަތިން ދެކޮޅަށް ދުއްވާފައި ދިޔަ ދެސައިކަލް ޖެހިގެންނެވެ. އެކްސިޑެންޓްވި ދެސައިކަލްގައި ވެސް ތިބީ ހަތަރު އަންހެނުންނެވެ.

އެކްސިޑެންޓުގައި އަނިޔާ ލިބުނު ހަތަރު މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މިހާރު ގެންދަނީ ފަރުވާ ދެމުންނެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑިރެކްޓަރ ޝާހް ސައީދް 'އައްޑޫލައިވް' އަށް ވިދާޅުވީ، މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.