Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ޕްރިޒަންސް އޮފިސަރަކަށް ވާން ބޭނުންތަ؟

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ޕްރިޒަންސް އޮފިސަރު ކަމުގެ ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިމަހުގެ 2 ވަނަ ދުވަހު ކަރެކްޝަނަލް ސާރވިސް އިން ކުރި އިއުލާނެއްގައި ވަނީ 30 ޕްރިޒަންސް އޮފިސަރުން ހޯދަން އިއުލާންކޮށްފައެވެ. ޕްރިޒަންސް އޮފިސަރަކަށް އަސާސީ މުސާރައަކީ -/6050 ރުފިޔާއެވެ. އޭގެ އިތުރަށް ސަރވިސް އެލަވަންސް، ލިވިންގ އެލަވަންސް، ނޮން ޕްރެކްޓިސް އެލަވަންސް، ޔުނީފޯމު އެލަވަންސް ލިބޭއިރު، އެ އެލަވެންސް ތަކަކީ، ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީން ފުރިހަމަ ކުރުމަށްފަހު ހަމަޖައްސައިދެވޭނެ އެލަވަންސްތަކެކެވެ.

ޕްރިޒަންސް އޮފިސަރ މަޤާމުގެ ޝަރުތަކީ، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި އަދި 'އިސްލާމް' އިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއި 1 ޖަނަވަރީ 2017 އަށް މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުމާއި، 35 އަހަރު ނުވުމެވެ. އަދި ޕްރިޒަންސް އޮފިސަރެއްގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ޕްރިޒަންސް އޮފިސަރގެ މަޤާމަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ހުށަހެޅުމުގެ ސުންގަނޑިއަކީ، 19 ޖެނުއަރީ 2017 ގެ 15:00 އެވެ.

ކަރެކްޝަނަލް ސާރވިސްގެ އިއުލާން

ކަރެކްޝަނަލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް