ފުރާ މީހުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.
ބީއެމްއެލް ބުނީ ޑޮލަރު ހޯދަން ދިގު ކިއޫ ހަދައިގެން ތިބި މީހުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ ގޮތަށް އޮންލައިންކޮށް ޑޮލަރު ބުކިން ހަދައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިހާރު ޑޮލަރު ލިބޭނެ ފަސޭހަ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.
އެގޮތުން ބީއެމްއެލްގެ ވެބްސައިޓަށް ވަދެ، އޮންލައިން ޕޯޓަލް މެދުވެރިކޮށް ބުކިން ހަދާއިރު ދަތުރުކުރާ މީހުންގެ މައުލޫމާތާއި ޕާސްޕޯޓް ނަމްބަރު އަދި ފްލައިޓްގެ މައުލޫމާތު ޖެހުމަށް ފަހު ޑެބިޓް ކާޑުން ފައިސާ ދެއްކުމުން ބުކިން ހެދުނީ އެވެ. އަދި ފުރަން އެއާޕޯޓަށް ގޮސް، ޗެކިންވުމަށް ފަހު ޑިޕާޗާ ޓާމިނަލްގެ ގޭޓް 4ގެ ކުރިމަތީގައި ހުންނަ ބީއެމްއެލްގެ ކައުންޓަރަށް ދިއުމުން އެ މީހަކަށް ޑޮލަރު ލިބޭނެއެވެ.
ޑޮލަރަށް ފައިސާ ދައްކާ އޮންލައިން ޕޯޓަލް މާދަމާ ރެ އިން ފެށިގެން ބީއެމްއެލް ވެބްސައިޓުގައި ފެންނަން ހުންނާނެ އެވެ.
ބީއެމްއެލްއިން ބުނީ މި ނިޒާމްގެ ދަށުންވެސް ދޫކުރާނީ ކުރިންވެސް ޓިކެޓަކަށް ދޫކުރި އަދަދު ކަމަށްވާ 500 ޑޮލަރުކަމަށެވެ.