Last Updated: July 1, 04:05
Wednesday, July 1, 2026
ޚަބަރު

އަންހެނުންގެ މުޒާހަރާއެއް ބެންގަލޫރުގައި

އާ އަހަރު ފާހަގަ ކުރި ރޭ ބެންގަލޫރުގެ ކަމަނަހައްލި މަގުމަތިން ހިނގާފައި ދިޔަ އަންހެން ކުއްޖަކާއި ސައިކަލަކުން އައި ދެމީހަކު ބެހޭ މަންޒަރު ދަައްކުވައިދޭ ފުޓޭޖް - ފޮޓޯ: ދަ އިންޑިއަން އެކްސްޕްރެސް

އާ އަހަރު ފާހަގަ ކުރުމަށް އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ޙަރަކާތްތަކުގައި އަންހެނުންނަށް ފުރައްސާ ކުރުމުގެ ސަބަބުން، އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުމާއި ދެކޮޅަށް މުޒާހަރާ ކުރުމަށް ބެންގަލޫރުގެ އެކްޓިވިސްޓުން ދަނީ ތައްޔާރު ވަމުންނެވެ.

ބުދަ ދުވަހު 'ވިން ބެންގަލޫރު ބެކް' ނަމަކަށް ކިޔާ ފޭސްބުކް ޕޭޖެއްގައި 'ޓަޗް މީ ނޮޓް' (އަހަރެން ގައިގަ އަތްނުލާ) ގެ ނަމުގައި ޕޯސްޓް ކުރި ޕޯސްޓެއް ވަނީ ވައިރަލް ވެގެން ގޮސްފައެވެ. އެޕޯސްޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބި، އެތައް ރައްޔިތުންނެއް ވަނީ ޖެނުއަރީ 7 ވާ ހުކުރު ދުވަހު ބެންގަލޫރުގެ ވިދާނާ ސޫދާ ކުރިމަތީގައި ހެނދުނު 11:00 އާއި މެންދުރު 01:00 އާއި ދެމެދު މުޒާހަރާ ކުރުމަށް އެއްބަސްވެފައެވެ.

އާއަހަރު ފާހަގަ ކުރި ރޭ ބެންގަލޫރުގައި ގިނަ އަދަދެއްގެ އަންހެނުންނަށް ވަނީ އެކިއެކި ގޯނާއާއި ފުރައްސާރައާއި ކުރިމަތިލާން ޖެހިފައެވެ.

މުޒާހަރާ ކުރުމަށް އެދި ގޮވާލައި އެޕޭޖުގެ މެމްބަރެއް ޕޯސްޓްކޮށްފައިވާ މެސެޖު ތިރީގައި އެވަނީއެވެ.

އެކަމާއި ގުޅޭގޮތުން ތައްޔާރުކޮށް ނެރެފައިވާ ޕޯސްޓަރަކީވެސް އާންމުން އެމުޒާހަރާގައި ބައިވެރިވުމަށް އެދި ގޮވާލާ މެސެޖެކެވެ.