Last Updated: May 13, 23:37
Monday, May 13, 2024
ޚަބަރު

105 އަހަރުގެ މީހަކު 14 މޭލަށް ބައިސްކަލް ދުއްވައިފި

އުމުރުން 105 އަހަރުގެ މީހަކު އެއްގަޑިއިރު ތެރޭގައި 14.08 މޭލަށް (22.528 ކިލޯ މީޓަރ) ދުއްވައިފިއެވެ.

ފްރާންސްގެ ރައްޔިތެއް ކަމުގައިވާ ރޮބާޓް މާޝަންޑް، ބައިސްކަލް ދުއްވާފައި ވަނީ ސެއިންޓް ކުއެންޓިން އެނަ ވެލައިންސްގެ ޓްރެކެއްގައެވެ. މާޝަންޑް ބައިސްކަލް ދުއްވި އިރު އެތައް ސަތޭކަ ބަޔަކު ވަނީ އޭނާއަށް ހިތްވަރު ދީފައެވެ.

ރޮބާޓް މާޝަންޑް ވަނީ މީގެ ކުރިން 2014 ވަނަ އަހަރު އޭނާގެ އުމުރުން 102 އަަހަރުގައި ގަޑިއިރެއްގެ ތެރޭގައި 26.927 ކިލޯ މީޓަރަށް ބައިސްކަލް ދުއްވާފައެވެ. މީގެ އިތުރުން އުމުރުން 90 އަހަރުގައި ވެސް މާޝަންޑް ވަނީ ބޯޑޯ-ޕެރިސް ރޭހުގައި ބައިވެރިވެ 36 ގަޑައިރު ތެރޭގައި 600 ކިލޯ މީޓަރަށް ބައިސްކަލް ދުއްވާފައެވެ.