Last Updated: June 12, 02:23
Thursday, June 11, 2026
މުނިފޫހިފިލުވުން

"ދޯ އޯރް ދޯ ޕާންޗް" އަލުން ހަދަނީ

މީގެ 33 އަހަރު ކުރިން އަމީތާބް ބައްޗަން އާއި ޝަޝީ ކަޕޫރު ލީޑް ރޯލް ކުޅުނު "ދޯ އޯރް ދޯ ޕާންޗް" ގެ ރީމެކިންއެއް ހަދާ ގޮތަށް ނިންމައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 1980 ވަނަ އަހަރު ރިލީޒްކޮށް، ބޮޑު ކާމިޔާބީއެއް ހޯދި އެ ފިލްމްގެ ރިމެކިންއެއް ހެދުމަށް ޑައިރެކްޓަރު ކުނާލް ކޯލީ ވަނީ ފިލްްމްސްގެ ރައިޓްސް ވެސް ގަނެފަ އެވެ. ކުނާލްއަކީ "ހަމް ތުމް" އާއި "ފަނާ" ފަދަ ކާމިޔާބް ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ޑައިރެކްޓަރެެކެވެ.

އެހެން ނަމަވެސް އޭނާ އެންމެ ފަހުން ޝާހިދު ކަޕޫރާއި ޕްރިޔަންކާ ޗޯޕްޅާ ހިމަނައިގެން ގެނެސް ދިން "ތޭރީ މޭރީ ކަހާނީ" އަކީ ބޮޑު ފްލޮޕެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކުނާލް ރީމެކިން ހަދާ "ދޯ އޯރް ދޯ ޕާންޗް" ގައި އަމީތާބް ކުޅުނު ރޯލުން ފެނިގެން ދާނީ އަމީތާބްގެ ދަރިފުޅު އަބީޝެކް ބައްޗަން އެވެ. އަދި ޝަޝީގެ ރޯލް ކުޅޭނީ ބޮބީ ޑިއޯލް އެވެ. މި ދެ މީހުން މީގެ ކުރިން ވެސް އެކުގައި މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގއަި "ދޯސްތާނާ"، "ޖޫމް ބަރާބަރު ޖޫމް" އަދި "ޕްލެޔާޒް" ހިމެނެ އެވެ.

ޑައިރެކްޓަރުގެ ގޮނޑީގައި އަލަށް އިށީންނަ އަކްޝޭ ޕޫރީ ޑައިރެކްޓް ކުރާ "ދޯ އޯރް ދޯ ޕާންޗް" ގެ ރީމެކިންގައި ބަތަލާއިންގެ ރޯލް އަދާ ކުރާނެ ތަރިންނެއް އަދި ފައިނަލެެއް ނުކުރެ ވެ އެވެ. އޮރިޖިނަލްގައި ފެނިގެން ގޮސްފައި ވަނީ ހެމާ މާލިނީ އާއި މަރުހޫމް ޕަރުވީން ބާބީ އެވެ.