Last Updated: June 26, 06:30
Friday, June 26, 2026
ސިޔާސީ

ދުންޔާ އަށް މައުމޫންގެ ތާއިދެއް ނެތް

ދުންޔާ މައުމޫން އަނބުރާ ސަރުކާރަށް ދިއުމަކީ އޭނާގެ އަމިއްލަކަމެއް ކަމަށާއި، އެ ނިންމެވުމަށް ތާއިދު ނުކުރައްވާކަމަށް ޕީޕީއެމްގެ ރައީސް އަދި ދުންޔާގެ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިގޮތަށް ވިދާޅުވީ މިސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރ ކަން ކުރެއްވި ދުންޔާ އިސްތިއުފާ ދެއްވުމަށްފަހު މައުމޫން ފެކްޝަން އާއި އެކު މަސައްކަތް ކުރެއްވުމަށްފަހު މިއަދު ރައީސް ޔާމީންގެ ސަރުކާރާއި އަލުން ގުޅިވަޑައިގަތުމާއި ގުޅިގެންނެވެ.

ދުންޔާއަށްވަނީ ސަރުކާރުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވާފައެވެ.

މައުމޫން އާއި ރައީސް ޔާމީން އާއި ދެބޭފުޅުންގެ ދެމެދުގައި މައްސަލަ އުފެދުމާއި ގުޅިގެން ޢައްސާން މައުމޫން ފިޔަވައި އަނެއް 3 ދަރިކަލުން މަސައްކަތް ކުރެއްވީ މައުމޫން އާއިއެކުއެވެ.

ރައީސް ޔާމީން އާއި މައުމޫން ފެކްޝަން އާއި ޖެހުނު މައްސަލާގައި ޕާޓީގެ ތެރޭގައި އުފެދުނު ކޯޅުންގަނޑުގެ އަޑު މިވަނީ މަޑުވެފައެވެ.