Last Updated: June 26, 06:30
Friday, June 26, 2026
ވިޔަފާރި

އުރީދޫގެ ސަބްމެރިން ކުޅުދުއްފުޓަށް، މުޅި ރާއްޖެ އެކީ ގުޅާލައިފި

އުރީދޫގެ ނޭޝަންވައިޑް ސަބްމެރިން ކޭބަލް އައްޑޫ އަތޮޅު ހިތަދޫން ފެށިގެން ހދ. ކުޅުދުއްފުޓަށް އަޅައި މުޅި ރާއްޖެއެކީ ގުޅާލައިފިއެވެ.

އުރީދޫން ބުނީ މުޅި ރާއްޖެއަށް އިންޓަނެޓްގެ ހިދްމަތް ފޯރުކޮށްދިނުމުގެ ހުއްދަ އެކުންފުންޏަށް ލިބުމާއި ގުޅިގެން މުޅި ރާއްޖެ ސަބްމެރިން ކޭބަލަކުން ގުޅާލައި، އެންމެ އަވަސް އިންޓަނެޓްގެ ހިދްމަތް ރާއްޖެ ހުރިހާ ކަންކޮޅުތަކަށް ދިނުމުގެ ގޮތުން ކުރާ މަަސައްކަތް މިމަހުގެ 15 އާއި ހިސާބަށް ނިންމާލެވޭނެކަމަށެވެ.

އުރީދޫން ބުނީ ހުއާވޭ މެރިން އެޑްވާންސްޑް 100ޖީ ޓެކްނޮލޮޖީ ބޭނުންކުރާ ސަބްމެރިން ކޭބަލް މެދުވެރިކޮށް، އުރީދޫގެ ފޯޖީ ޕްލަސް ނެޓްވޯކް މުޅި ރާއްޖެއަށް ފުޅާކުރެވި، ހައި ސްޕީޑް ބްރޯޑްބޭންޑް ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

އެގޮތުން މުޅި ރާއްޖޭގައި އުރީދޫ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދާއިރު، މުޅިން އަލަށް 40ރަށެއްގައި ފޯޖީ ޕްލަސް ހިދުމަތް މިދިޔަ ހަފްތާގައި ތައާރަފްކޮށްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.