Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

ފިލިޕިންސްގެ ރީތީގެ ރާނީއެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

ފިލިޕިންސްގެ ރީތީގެ ރާނީއެއް ކަމަށްވާ ގްލޭޑީސް ޓޯޑިލް މަރާލައިފިއެވެ.

އެމެރިކާއަށް ހިޖުރަ ކޮށްފައިވާ ޓޯޑިސް މަރާލައިފައިވަނީ އޭނާގެ ފިރިހެނުންނެވެ. ޓޯޑިސްގެ ގަޔަށް އޭނާގެ ފިރިހެނުން ބަޑިޖަހާފައިވަނީ އެމެރިކާގެ ޕްރިންސް ޖޯޖް ކައުންޓީ ސްކޫލްގައެވެ.

އެދެމަފިރިންގެ ދެއަންހެން ކުދިން ތިބެއެވެ. އެދެކުދިންވެސް މިހާރު ދަނީ ސާނަވީ ތަޢުލީމް ހާސިލް ކުރަމުންނެވެ. އެހެންނަމަވެސް އެހިތާމަވެރި ހާދިސާއަށްފަހު، އެދެކުދިން ވަނީ ކުޑަކުދިންގެ ހިޔާއަކަށް ބަދަލު ކުރެވިފައެވެ.

ޓޯޑިލް އަކީ ޕިކިޓެނޮސް އިންޓަނޭޝަނަލްއާއި މިޑްވެސްޓް އީސްޓް ކޯސްޓް ޗެޕްޓާގެ މެމްބަރެކެވެ.

ޓޯޑިލްގެ ކުއްލި މަރުގެ ސަބަބުން އޭނާގެ ދެކުދިން ވަނީ މާލީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ވަރަށް ބޮޑު ގެއްލުމެއްގެ ތެރެއަށް ވެއްޓިފައެވެ. ޓޯޑިލް ގަޔަށް ބަޑިޖެހި ވަގުތު އޭނާ ސަލާމަތް ކުރުމަށް މަންޒަރު ދުށް މީހަކު މަސައްކަތް ކުރިނަމަވެސް، އެކަން ނާކާމިޔާބުވެ، ޓޯޑިލް އޭނާގެ އެންމެ ފަހު ނޭވާ ލާފައިވަނީ އެސްކޫލްގެ ޕާކިންގް ޒޯނުގައެވެ.

ކޮޓަބާޓޯގެ ނޮޓްރެ ޑޭމް ހައި ސްކޫލްއިން ގްރެޖުއޭޓް ވުމަށްފަހު ޕްރިންސް ޖޯޖް ކައުންޓީ ޕަބްލިކް ސްކޫލްގައި ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ޓޯޑިލް ވަނީ އެމެރިކާގެ ފީނިކްސް ޔުނިވާސިޓީ އިން މާސްޓާސް ޑިގްރީއެއްވެސް ހާސިލް ކޮށްފައެވެ.

ޓޯޑިލްގެ ގަޔަށް ބަޑި ޖަހައި އޭނާ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާ ވަނީ މިހާރު ހައްޔަރު ކުރެވިފައެވެ. އޭނާގެ މައްޗަށް މޮންޓްގޮމެރީ ކައުންޓީގައި އިތުރު ދެމީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލައި އެހެން ދެމީހަކު ޒަޚަމް ކުރި ކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފައެވެ.

ޔޫލޭލިއޯ ޓޯޑިލްގެ މައްޗަށް ވަނީ ތިން މަރުގެ ދަޢުވާ ކޮށްފައެވެ.