ކަރަންޓު އުފެއްދުމަށް ސޯލާ ޕެނަލް ބޭނުން ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން އެނަރޖީ އޮތޯރިޓީއިން ތައްޔާރުވަމުން އެބަދެއެވެ.
ފެނަކައިގެ ގްރިޑަރ ބޭނުންކޮށްގެން ސޯލާ ޕެނަލް ބޭނުންކުރާ މީހުންގެ އަތުން ނަގާނެ އުސޫލެއް ހިމަނާފައިވާ ޤަވާއިދެއް އެނާރޖީ އޮތޯރިޓީ އިން ވަނީ އެކުލަވާލާފައެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެނަރޖީ އޮތޯރިޓީ އިން ސޯލާ ޕެނަލް ބޭނުން ކުރުމުގެ ގަވާއިދެއް އެކުލަވާލައި އެއަށް ޚިޔާލު ހޯދުމަށް ފެނަކަ ކޯޕަރޭޝަންއާއި އަދިވެސް އެކަމާ ގުޅުންހުރި ފަރާތްތަކަށް ވަނީ ފޮނުވާފައެވެ.
ކަރަންޓް ބިލް ބޮޑުވުމުގެ ސަބަނުން ޚަރަދު ކުޑަކުރުމުގެ ގޮތުން އައްޑޫގެ ބައެއް ވިޔަފާރިވެރިންނާއި އާންމުން ވެސް މިހާރު ގެންދަނީ ސޯލާ ޕެނަލް ނަހައްޓައިގެން ކަރަންޓު ބޭނުން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.