Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ހިތަދޫގައި އެކްސިޑެންޓެއް ހިނގައި އެކަކު ސީރިއަސް ހާލަތުގައި

ފޮޓޯ: އިމްރާން

މިއަދު ހަވީރު ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބުނު މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދޭން ފަށައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ބޮޑު މަގުގައި ހުންނަ "ފޭލި" ފިހާރަ ކައިރިން ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބިފައިވަނީ 46 އަހަރުގެ މީހަކަށެވެ. އޭނާގެ ބޮލަށާއި، ލޮލަށް އަނިޔާވެ މިހާރު ގެންދަނީ އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ދެމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ އެސަރަހައްދުގެ ޕާކިން ޒޯނަކުން ނައްޓާލި ސައިކަލެއް މަގުން ދުއްވާފައި ދިޔައެހެން ސައިކަލެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކު ޒަޚަމްވެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެއީ ހިތަދޫ އަށް ނިސްބަތްވާ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 46 އަހަރުގެ ފިރިހެނަކާއި އަދި މަރަދޫ އަށް ނިސްބަތްވާ 66 އަހަރުގެ ފިރިހެނެކެވެ. އެންމެ ސީރިއަސް އަނިޔާ ލިބިފައިވަނީ 46 އަރުގެ މީހާއަށެވެ.

މި މައްސަލަ ހިތަދޫ ޕޮލިހުން މިހާރު ގެންދަނީ ތަހްގީގު ކުރަމުންނެވެ.