Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

އިންޓަރިމް ޓެކްސް އުވާލަން ހައި ކޯޓަށް ހުށަހަޅައިފި

މީރާ: މުދަލުގެ ޒަކާތް މިހާރު ދައްކަން ޖެހެނީ މީރާއަށް

ވިޔަފާރި ފައިދާއިން ނަގާ އިންޓަރިމް ޓެކްސް ނުވަތަ އަހަރުގެ މެދުތެރެއިން ނަގާ ޓެކްސް އުވާލުމަށް ހައިކޯޓަށް ހުށަހަޅައިފިއެވެ.

ހައިކޯޓަށް މި މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީގެ ޕޮލިސީ ކޮމެޓީގެ މުގައްރިރު އަދި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ހުސައިން އަމްރޫ މުހައްމަދު ރަޝާދު އެވެ.

އޭނާ ހުށަހެޅުއްވި މައްސަލާގައި އެދިފައި ވަނީ ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 23 ވަނަ މާއްދާ އުވާލުމަށެވެ.

ހައިކޯޓަށް އަމްރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އިންޓަރިމް ޓެކުހަކީ ނުކުރާ ވިޔަފާރިއެއްގެ، ނުލިބޭ ފައިދާއަކުން ނެގޭ ޓެކުހެއް ކަމަށާއި އިސްލާމީ ހަމަތަކުގެ މަތިން އެއީ ހުއްދަކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"އިސްލާމްދީނާއި ތައާރަޒްވާ އެއްވެސް ކަމެއް ގާނޫނު އަސާސީގެ ދަށުން ހުއްދަ ނުކުރެވޭނެތީ އާއި މިއީ ބުއްދީގެ ހަމަތަކުގެމަތިން ބަލާނަމަވެސް ނެގިގެންވާނެ ޓެކުހެއް ކަމަށް ނުބެލެވޭތީ މި މާއްދާ އުވާލަން ހުށަހަޅަމެވެ،" އަމްރު ހުށަހެޅުއްވި މައްސަލާގައި ވެއެވެ.

އިންޓަރިމް ޓެކްސް ނެގުމަކީ އޭގެ ސަބަބުން ގެއްލުންވާ ކަމެއް ކަމަށް ބުނެ މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ވިޔަފާރިވެރިން މައްސަލަ ޖައްސާފައިވެއެވެ.