Last Updated: July 17, 23:49
Thursday, July 17, 2025
ސިޔާސީ

ސަރުކާރަށް ތާއީދެއް ނުކުރާނަން: މައުމޫން

ރައީސް އަބުދުﷲ ޔާމީންގެ މި ސަރުކާރަށް އެމަނިކްފާނު ތާއީދުނުކުރައްވާނެ ކަމަށް އަނެއްކާ ވެސް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ، އެމަނިކްފާނު ހުންނެވީ މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރަށް ތާއީދު ނުކުރެއްވުމަށް ނިންމެވި ނިންމެވުމުގެ މަތީގައިކަމަށެވެ.

ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި ހިތްހަމަޖެހިވަޑައިނުގެން ވަޒީރުކަމުން އިސްތިއުފާ ދެއްވި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން އަލުން ސަރުކާރާއި ގުޅިވަޑައިގަތުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓްތަކުގައި ވިދާޅުވެފައިވަނީ މި ސަރުކާރަށް އެމަނިކްފާނު ތާއީދުނުކުރައްވާނެކަމަށާ އެގޮތުގައި ސާބިތުވެ ހުންނާނެކަމަށެވެ. އަދި އެމަނިކްފާނު މިއަދުވެސް ހުންނެވީ މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ނިންމެވި ނިންމެވުމުގެ މަތީގައިކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫން ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމްރަޓިކް އަދި އިގްތިސާދީ ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ރާއްޖެއަށް ބަދަލްތަކެއް ގެންނަން ޖެހޭކަމަށެވެ.