Last Updated: June 26, 06:30
Friday, June 26, 2026
ޚަބަރު

ދެމަފިރިއަކު މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި

ސަން ފޮޓޯ

ތ. ވިލުފުށީ ދެމަފިރިއަކު މާލޭގެ ގެއެއްގެ ކޮޓަރީ ތެރޭގައި މަރުވެފައިވާ ތިއްބާ ފެނިއްޖެއެވެ.

މާވެޔޮ މަގުގައި ހުންނަ މ. ލައިޓް ސިގްނަލް ގޭގެ 5 ވަނަ ފަންގި ފިލާގައި ދިރިއުޅެމުން ދިޔަ ގާސިމް ޝަހިދު އާއި ރަޒީނާ އިބްރާހިމް މަރުވެފައި ތިއްބާ ފެނިފައިވަނީ މިއަދު މެންދުރުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެދެމީހުން މަރުވެފައި ތިއްބާ ފެނުނީ އެމީހުންގެ ހަބަރެއް ނުވެގެން އާއިލާ ބަޔަކުގޮސް ކޮޓަރީގެ ދޮރު ހުޅުވާލައިގެން ގޮސް ބެލުމުން ކަމަށެވެ.

ތިން ކުދިންނާއި އެކު ދިރިއުޅެމުން ދިޔަ އެދެމަފިރިން މަރުވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އެމީހުންގެ ހަށިގަނޑުގެ ބޭރުން އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.