Last Updated: June 26, 06:30
Friday, June 26, 2026
ކުޅިވަރު

ބެންޖޯ ވެސް މި ފަހަރު ޓީސީ އަށް

ބޮންޑާ އަދި ބެންޖޯ، މިފަހަރު ދެ ކުޅުންތެރިންވެސް ފެންނާނީ ޓީސީން

މިދިޔަ ދެ ސީޒަނުގައި ނިއުރޭޑިއަންޓަށް ކުޅުނު ފޭދޫގެ ޑިފެންޑަރ އަބްދުﷲ ހަނީފް (ބެންޖޯ) ޓީސީއަށް ސޮއިކޮށްފިއެވެ.

ބެންޖޯ ވެފައިވަނީ މި ސީޒަނުގައި ފޭދޫ ކޯޗު ނިޒަމްބެ ޓީމަށް ގެނައި އައްޑޫގެ 3 ވަނަ ކުޅުންތެރިޔާއަށެވެ. މިދިޔަ ހަފްތާގައި ރާއްޖޭގެ މީޑިއާތަކުގައި އެންމެ ބާރަށް ފެތުރުނީ ފޭދޫގެ ހުނަރުވެރި ފޯވަޑް އިބްރާހިމް މަހުދީ ހުސެއިން (ހަބޭސް އިއްބެ) ޓީސީ އާއި ގުޅުނު ހަބަރުންނެވެ.

ޓީސީގެ ކުޅުން މި ސީޒަނަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު މިފަހަރުވެސް ޓީމްގެ މެދުތެރެ ބަލަހައްޓައި ޓީމްގެ ޒުވާން ކުޅުންތެރިންނަށް މަގު ދައްކަން ހުންނާނީ މަޝްހޫރު މިޑްފީލްޑަރ ޝަމްވީލް ގާސިމް (ބޮންޑާ)އެވެ.

ޓީސީ އަކީ ރާއްޖޭގެ އެހެން ޓީމްތަކާއި އަޅާ ބަލާއިރު ކުޅުންތެރިން އެންމެ ހިތްހަމަޖެހިގެން ތިބޭ ޓީމެވެ. ކުޅުންތެރިން ބުނާ ގޮތުން ކޯޗާއި މެނޭޖްމަންޓަކީ ހަމަ ބެސްޓެވެ.