Last Updated: July 27, 18:03
Tuesday, July 28, 2026
ސިޔާސީ

ކައުންސިލް އިންތިހާބުގައި ވާދަނުކުރަން އަދާލަތުން ނިންމައިފި

އަދާލަތު ޕާޓީގެ ބައެއް އިސްވެރިން ނޫސް ކޮންފަރެންސެއްގައި. ފޮޓޯ: ވީނިއުސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަނުކުރުމަށް އަދާލަތު ޕާޓީން ނިންމީ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން އެގޮތަށް ނިންމުމުންނެވެ.

އަދާލަތު ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ހަރާބުކޮށް، ސަރުކާރު ހިންގާ ފަރާތަށް ލާބަހުރި ގޮތަށް މެނުވީ އިލެކްޝަންސް ކޮމިޝަނުން އެއްވެސް ކަމެއް ކުރަމުން ނުދާ ކަމަށެވެ.