Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ސޯލާ ޕެނަލްތަކުން ފީއެއް ނަގަން ގޮތެއް ނިންމަނީ

ސޯލާ ޕެނަލް ހަރުކުރާ ފަރާތްތަކުން ފެނަކައިގެ ޕަވަރޖެނެރޭޝަން ގްރިޑާ ގުޅާލުމަށް ފީއެއް ނެގުމާއި ބެހޭގޮތުން ޖެނުއަރީ މަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ސޯލާ ޕެނަލްތައް ޕަވަރޖެނެރޭޝަން ގްރިޑާއި ގުޅާލުމަށް ފީއެއް ނަގާނެތޯ އަދި ފައިނަލައިޒް ނުކުރާ ކަމަށެވެ. ޝަރީފް ވިދާޅުވި ގޮތުގައި ޖެނުއަރީ މަސް ނިމުމުގެ ކުރިން އެކަން ފައިނަލް ކުރުމަށް ފަހު ފެބްރުއަރީ މަހު އާންމުކޮށް ހުޅުވާލާނެ ކަމަށެވެ.

އައްޑޫގެ މީޑިޔާއަކަށް ދިން އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވެފައި ވަނީ ސޯލާ ޕެނަލް ތަކާއި ބެހޭ ކަންތައް ފައިނަލް ކުރަމުން ގެންދާ ކަމަށާއި ހުރިހާ ކަމެއް ފައިނަލްވުމަށްފަހު ސޯލާ ޕެނަލް ބޭނުންކުރާ ފަރާތްތަކުން ޖެހޭނީ ފެނަކައިގެ ޕަވަރޖެނެރޭޝަން ގްރިޑަރ ގުޅާލަން ކަމަށެވެ.

ނަމަވެސް އެ ގުޅާލުމަށް ނުވަތަ ކަނެކްޓް ކުރުމަށް ފީއެއް ނެގުމާއި ނުނެގުމަށް އަދި ގޮތެއް ނިމިފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސޯލާ ޕެނަލް ހަރުކުރާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަށް ނިންމާފައިވާ މައްސަލައިގައި ގިނަ ބައެއްގެ ޝަކުވާތައް އިތުރުވުމާއި ގުޅިގެން، އެނަރޖީ އޮތޯރިޓީ އިން ބުނެފައި ވަނީ އެފަދަ ފީއެއް ނެގުމަށް ވިސްނަމުން ނުދާ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.