Last Updated: June 27, 09:34
Saturday, June 27, 2026
ވިޔަފާރި

މަޝްހޫރު ފްރެންޗައިޒް ފުޑް އައުޓްލެޓްތަކެއް ވެލާނާ އަށް

ދުނިޔޭގެ މަޝްހޫރު ބައެއް ފްރެންޗައިސް ފުޑް އައުޓްލެޓްތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިޝާރާތެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ދީފިއެވެ.

އެމްއޭސީއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލް ސަރަހައްދުގައި ތަރައްޤީ ކުރާ އިމާރާތުގައި ބޭރުގެ މަޝްހޫރު ފުޑް ފްރެންޗައިޒް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ސްޓާބަކްސް އާއި ކޭއެފްސީ އަދި ޑޮމިނޯ، ހާޑް ރޮކް އަދި މެކް ޑޮލަލްޑް ފަދަ ބްރޭންޑްތައް ހިމެނޭ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިހާރުވެސް ކޮފީ ކްލަބް ދަނީ ހިންގަމުންނެވެ.

އާދިލް ވިދާޅުވީ ފުޑް އައުޓްލެޓް ހެދުމަށް ޝައުގުވެރިކަން ހުރި ފަރާތްތައް ހޯދުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.